ިކުރީން ވެސް އިސް ކުރީ ޤައުމީ މަސްލަހަތު ކަމަށާއި، ދެންވެސް އިސް ކުރާނީ ޤައުމީ މަސްލަހަތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު(މަވޯޓާ) ވިދާޅުވެއްޖެއެވެ.

Ads by Asuru

ރޭ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ޝަރީފު ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

ޕީއެންސީގެ ޕޯޑިއަމެއްގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން، ކުރިން ޑީއާރްޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޝަރީފު ވިދާޅުވީ، ދިވެހި ޤައުމު ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓައިލަން އޭނާ ބޭނުން ނުވާ ކަމަށެވެ.

”ޤައުމުގެ ޞުލްޙަ މަސަލަސްކަމާއި، އަމާންކަން ދެމި އޮވެގެން ނޫނީ، ރައީސުލްޖުމްހޫރިއްޔާ އެ ފާހަގަކުރެއްވި ގޮތަށް ޤައުމުގެ މުސްތަޤްބަލް އުޖާލާއެއް ނުކުރެވޭނެ. ޤައުމެއް ތަރައްޤީ ވާނީ، ރައްޔިތުންނަށް ފާގަތި މުސްތަޤްބަލެއް ހޯދޭނީ، ޤައުމުގައި އަމާންކަން އޮވެގެން. ޞުލްޙަ މަސަލަސްކަން ޤާއިމުވެ އޮވެގެން.“ މަވޯޓާ ޝަރީފު ވިދާޅުވިއެވެ. 

އޭނާ ވިދާޅުވި ގޮތުގައި، ޤައުމެއްގެ ޞުލްޙަ ގެއްލުމުގެ ސަބަބުން، ރައްޔިތުންނަށް ލިބިގެންދާނެ ބިކަކަން އިޙްސާސް ކުރެވޭނީ، އެކަން އެގޮތަށް މެދުވެރިވުމުން ކަމަށެވެ. އެކަމަށް ފުރުޞަތު ދިނުމަކީ، އެމްޑީޕީ ދޫކުރައްވައި، ޕީއެންސީއާ ގުޅިވަޑައިގެންނެވި މެމްބަރުން ބޭނުންވެލައްވާ ގޮތެއް ނޫން ކަމަށް ވެސް ޝަރީފު ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ޕީއެންސީއާއި ގުޅިވަޑައިގެންނެވުމުން ކުރެވެނީ ތަފާތު އިޙްސާސެއް ކަމަށާއި، އެއީ ވަރަށް ގިނަ ދުވަސް ވަންދެން އާއިލާއާއި ދުރުގައި ހުންނެވުމަށްފަހުގައި، އަލުން ގެއަށް އާދެވުނުކަމުގެ އިޙްސާސް ކަމަށެވެ.