ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ތަކަށް އިންވެސްޓް ކުރަން ހުޅުވާލި ފުރުސަތުގައި ސަރުކާރަށް ލިބިފައިވާ ޕްރޮޕޯސަލް އިންވެސްޓު ބޯޑުން ދިރާސާ ކުރަން ފަށައިފިއެވެ.

Ads by Asuru

އެ ޕްރޮޕޯސަލަކީ އިއާދަކުރަނިވި ހަކަތައިން 110 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ މަޝްރޫޢުއެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ފަހުން ވިދާޅުވެފައިވާ ގޮތުގައި، މި މަޝްރޫޢު ވެގެންދާނީ ކޮޕް 28 ސަމިޓަށްފަހު ޤައުމަކުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ފަށާނެ ފުރަތަމަ މަސައްކަތަށް ވާނެ ކަމަށެވެ.

އެސްއީޒެޑްގައި އެންމެ ކުޑަކޮށް އިންވެސްޓް ކުރެވޭނެ މިންވަރު 150 މިލިއަން ޑޮލަރުން 100 މިލިއަށް ޑޮލަރަށް ސަރުކާރުން ވަނީ ކުޑަކޮށްފައެވެ.

އެސްއީޒެޑްގައި ހިންގޭނެ މަޝްރޫޢުތަކުގެ ތެރޭގައި އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތްތަކުގެ މަސައްކަތްތަކާއި ޓްރާންސްޝިޕްމެންޓް ޕޯޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބްރޭކިން، ބަންކަރިން އަދި ޑޮކިން ސާވިސަސް އާއ ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމެންޓް ފެސިލިޓީތައް ހިންގުމާއި ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، (އައިސީޓީ ޕާކް) އައިސީޓީއާ ގުޅޭ ފެސލިޓީތައް ގާއިމުކުރުމާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް ހެދުމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އާއި ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާއްމުކުރުމަށް ހިންގޭ މަޝްރޫއުތައް ހިންގުމާއި ފުޑް ސެކިއުރިޓީ އަދި ތެޔޮ ހޯދުން ހިމެނެއެވެ.