ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވައިލުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by Asuru

މިކަމުގެ ރަސްމީ މަޝްވަރާތައް މިހާރު ކުރިއަށްދާ އިރު، ބިދޭސީ ސިފައިން ފޮނުވައިލުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވަޢުދުފުޅެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު، ރައީސް މުއިއްޒު ވަނީ އިންޑިއާ ސަރުކާރުގައި ރަސްމީކޮށް، އެ ޤައުމުގެ ސިފައިން ގެންދަން އެދިވަޑައިގެންފައެވެ.

މިދިޔަ މަހު ބޭއްވި ކޮޕް 28 ސަމިޓުގެ ހަވާސާގައި ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިހުގައި ވެސް  ސިފައިން ފޮނުވައިލުމުގެ ވާހަކަ ދަންނަވައިފައެވެ.

ރާއްޖޭގައި އިންޑިއާގެ 80އެއްހައި ސިފައިން ތިބިއިރު، އެމީހުން ފޮނުވާލުމުގެ ރަސްމީ މަޝްވަރާތައް ފޮރިން މިނިސްޓްރީގައި ފެށީ ހެނދުނު 9:30 ގައެވެ.

އެ މަޝްވަރާގެ އިންޑިއާ ވަފުދުގައި އިސްކޮށް ހުންނެވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ސަފީރު މުނޫ މަހާވަރެވެ. އެނގިފައިވާ ގޮތުގައި، މި ބައްދަލުވުމުގައި އިންޑިއާގެ ހައިކޮމިޝަނުގެ އިސް ބޭފުޅުންގެ އިތުރުން، އެ ޤައުމުގެ ސިފައިންގެ އިސް ބޭފުޅަކު ވެސް ބައިވެރިވެލެއްވިއެވެ.

ސަރުކާރުން  ބުނެފައި ވަނީ އިންޑިއާ ސިފައިން ފޮނުވައިލުމަކީ، ފަސޭހަ ކަމަކަށް ނުވިޔަސް، ސަރުކާރުން ބުނީ، އެކަން ކުރާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.