ދިވެހީންނަށް މޮންގޯލިއާއަށް ވިސާއާއި ނުލައި ދެވޭނެ ގޮތް ފަހި ކޮށްދީފިއެވެ.

Ads by Asuru

ފޮރިން މިނިސްޓްރީން ބުނިގޮތުގައި، އެ ފުރުޞަތު ފަހިވީ މި މަހުގެ 12 އިން ފެށިގެންނެވެ.

މިއީ ރާއްޖެ އާއި މޮންގޯލިއާއާ ދެމެދު މިދިޔަ އަހަރުގެ އޮގަސްޓް 17 ގައި ވެވުނު ވިސާ ވެއިވަރ އެއްބަސްވުމުގެ ދަށުން ފަހިވި ފުރުޞަތެކެވެ.

މި އެއްބަސްވުމުގެ ދަށުން، ދުރާލައި ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް މޮންގޯލިއާއަށް މަސް ދުވަހުގެ މުއްދަތަކަށް ދެވޭނެ ގޮތް ހަމަޖެހުނުއިރު، އެ ޤައުމުގެ ރައްޔިތުންނަށް ވެސް ވިސާއާ ނުލައި ރާއްޖެ އަށް މަސް ދުވަހަށް ދަތުރުކުރެވޭނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޓްރާންސިޓް ކުރުމުގައިވެސް ވިސާ ނަގަން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް ތަޢުލީމާއި ވަޒީފާ އާއި ވިޔަފާރީގެ ބޭނުންތަކަށް ދަތުރުކުރާ މީހުން ދުރާލައި ވިސާ ނަގަން ޖެހޭނެ އެވެ.