ދިވެހިރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ޤައުމެއް ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ(ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅައިފިއެވެ.

Ads by Asuru

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ގައުމެއްގެ ގޮތުގައި ބަލައިގަތީ ގިނަ އަހަރުތަކެއް ވަންދެން ކުޑަކުދިންނަށް ހެޕަޓައިޓިސް ބީ ވެކްސިން ދިނުން އިތުރުވެފައިވާތީއެވެ.

ދާދިފަހުން ކުރިއަށް ގެންދިޔަ ދިރާސާއެއްގައި، ސްކޫލުތަކުގައި ކިޔަވާ އުމުރުން ހަ އަހަރާއި ހަތް އަހަރާ ދެމެދުގެ ކުދިން ހެޕަޓައިޓިސް ބީ އަށް ޓެސްޓުކުރިއިރު، އެއްވެސް ކުއްޖެއްގެ ގައިން އިންފެކްޝަން ފެނިފައިނުވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ރާއްޖޭގައި މާބަނޑު މީހުން ހެޕަޓައިޓިސް ބީ އަށް ޤަވާއިދުން ސްކްރީން ކުރަމުންދެއެވެ.
މީގެ އިތުރުން ހެޕަޓައިޓިސް ބީ އަށް ޕޮޒިޓިވް މާބަނޑު މީހުންނަށް ފަރުވާ ދެމުންދާއިރު ހެޕަޓައިޓިސް ބީ އަށް ޕޮޒިޓިވް މާބަނޑު މީހުން ވިހާ ދަރިފުޅު ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފައެވެ.