ސެމްސަން އެސް24 ސީރީޒަށް މާދަމާ ރޭ ޕްރީ އޯޑަރަށް ހުޅުވާލުމަށް އުރީދޫ މޯލްޑިވްސް އިން ނިންމައިފިއެވެ.

Ads by Asuru

އުރީދޫން މިއަދު ބުނީ ކަސްޓަމަރުންނަށް ޕްރީ އޯޑަރު ކުރަން ފެށޭނީ މި މަހުގެ 19 ވަނަ ދުވަހުގެ 00:00 އިން ފެށިގެން އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ކަމަށެވެ.

ސެމްސަންގެ ”ގެލެކްސީ އަންޕެކްޑް“ގައި މިރޭ ސެމްސަން އެސް24 ސީރީޒް ވަނީ ނެރެފައެވެ.

އެ އިވެންޓުގެ ލައިވްސްޓްރީމް ބެލުމަށްޓަކައި، މާލޭގައި ސީ ހައުސް ކެފޭގައި ”ވޮޗް ޕާޓީ“ އެއް ވަނީ ބާއްވައިފައެވެ.

އުރީދޫ މޯލްޑިވްސް އިން ދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ އަދި ޑިވައިސްތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ސެމްސަން ފަދަ އިންޑަސްޓްރީގެ ފުންނާބުއުސް ކުންފުނިތަކާއެކު ވަރަށް ގާތުން މަސައްކަތްކުރަމުން ކަމަށް އެ ކުންފުނިން ބުނެއެވެ.

ސެމްސަން އެސް24 ސީރީޒަށް މިރޭ ނެރުނުއިރު، މިއަހަރުގެ ފުރަތަމަ އަދި އެންމެ މަޝްހޫރު ފޯނުތަކުގެ ތެރޭގައި ހިމެނޭ ސެމްސަންގެ ގެލެކްސީ މި އާ ފޯނުގައި ކެމެރާ އާއި ޕްރޮސެސަރު މަތިކޮށް އޭއައި ޕަވަޑް އާ ފީޗާސްތައް ވަނީ ހިމަނައިފައެވެ.