އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ މި އަހަރުގެ މާޗު މަހު ބޭއްވުމަށް ނިންމައިފިއެވެ.

Ads by Asuru

އުރީދޫ އިން ބުނީ މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ އަދި ހިއްސާގެ ފައިދާ (2023 ވަނަ އަހަރު) ލިބިވަޑައިގަންނަވާނީ، 15 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

މިގޮތުން، އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާގައި ބައިވެރިވެވަޑައިގެން ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެއްވޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.

އުރީދޫ މޯލްޑިވްސް އިން 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، 21 ފެބްރުއަރީ 2024 ވާ ބުދަ ދުވަސް ނިމުމުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި (http://www.ooredoo.mv/investors/) އާންމުކުރެވޭނެ ކަމަށް ވެސް އެކުންފުނިން ހާމަކުރެއެވެ.

މި ނޯޓިސްއާއެކު އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީޚާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މަޢުލޫމާތުތައް ވެސް އާންމުކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.