އަމިއްލަ ބާރުވެރިކަމަކީ ޙަޤީޤީ ކުރިއެރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ތ.ވަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޒުވާނުންނަކީ އަމިއްލަ ފައި މައްޗަށް ތެދުވެފައިވާ ބަޔަކަށް ހަދައި ނުދެވޭކަމުގައިވާނަމަ، ތަރައްޤީ ނުގެނެވީ ކަމަށެވެ.

ރައީސް ވިދާޅުވީ ރަށްރަށަށް އެންމެ ބޭނުންތެރިކަން ޖެހިފައިވަނީ އާމްދަނީ އިތުރުކުރެވޭނެ މަގުތައް ފަހިވެގެން ދިއުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުންވަނީ ކައުންސިލުތަކަށް އެކަން ފަހިވެގެންދާނެ ޤަވާއިދެއް އެކުލަވާލައި ގެޒެޓުކޮށްފައިވާކަން ފާހަގަކުރައްވައިފައެވެ.

ރައީސް ވިދާޅުވީ، އެ އެޕްލިކޭޝަން ޕްރޮސެސްގެ ތެރެއިން ކައުންސިލުން އެދޭ ގޮތަށް ކައިރި ނުވަތަ ދުރުގައި އޮތް ރަށެއް ނަަމަވެސް ކައުންސިލާއި ޙަވާލުކުރާނެކަމަށާއި  އެގޮތުގެ މަތިން ކަންކަން ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

”ބަނދަރެއް ހެދިޔަސް، ނަރުދަމާ އެޅިޔަސް، އެޔަކުންނެއް ސީދާ ރައްޔިތުންނަކަށް، އަމިއްލަ ފަރުދުންނަށް ލިބޭ މާ ބޮޑު އާމްދަނީއެއް ނޯވޭ. އެހެންވީމަ، މިގޮތަށް މި ހުޅުވާލެވޭ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް އެދެން.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި، ވަންދޫގައި އެންމެ ބޮޑު އިސްކަމެއް ދޭނީ، ރަށުގެ ރަށް ގިރުމުގެ މައްސަލަ ޙައްލު ކުރުމަށް ކަމަށާއި، އޭގެ ފަހުގައި ދެން ހުރި ކަންކަން ކުރެވިގެންދާނެ ކަމަށެވެ.

އެގޮތުން އެމަނިކުފާނު ވަނީ ވަންދޫގެ ސްކޫލްގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް ރޯދައިގެ ފަހުން ފެށިގެންދާނެ ކަމުގައި ވިދާޅުވެފައެވެ.