ރަމަޟާން މަސް ކައިރިވަމުން އަންނައިރު، ލިބިފައިވާ ފުރުޞަތުގެ ބޭނުން ހިފައި، ހެޔޮ ޢަމަލުތައް ކުރުން ގިނަ ކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

Ads by Asuru

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވަނީ ޝަޢުބާން މަހާއި ހެޔޮ ޢަމަލުކުރުމުގެ މައްޗަށެވެ.

ޚުޠުބާގައި ވަނީ މި ހިނގާ ޝައުބާން މަަހަކީ އެއްގޮތަކަށްވުރެ ގިނަ ގޮތްގޮތުން ޚާއްޞަ މަހެއްކަން ފާހަގަކޮށްފައެވެ.

އޭގެތެރޭގައި އެ މަހަކީ ރަމަޟާން މަހަށް މަރުހަބާކިޔާ މަހަށްވުން ހިމެނޭކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ވެހޭތާ ފެންނަގާށޭ ބުނާ ފަދައިން ލިބިފައިއޮތް ފުރުސަތުގެ ބޭނުން ހިފުމަށް ނަސޭހަތްތެރިވަމުން ޚުތުބާގައި ވަނީ ހެޔޮ ޢަމަލުކުރެވޭނީ ގައިގައި ބާރު ހުއްޓާ ކަމަށާއި މުސްކުޅިވެ ވަރު ދެރަވުމުން އެއްވެސް ކަމެއް ނުކުރެވޭނެކަން ފާހަގަކޮށްފައެވެ.

އެގޮތުން ޝައުބާން މަހު ސުންނަތް ރޯދަ ހިފުން ގިނަ ކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެއިތުރުން މުސްލިމުންނަކީ ހަމައެކަނި ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެން އުޅެންޖެހޭ ބައެއް ނޫން ކަމާއި މުސްލިމުންނަކީ އަޤީދާއާއި ޢަމަލުން މުސްލިމުންނަށް ވާންޖެހޭ ބައެއް ކަމަށް ވެސް ބުނެފައިވެއެވެ.

އަދި ހަމައެކަނި ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެން އުޅޭ ބަޔަކީ މުނާފިޤުން ކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.