އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރިޔާސީ ޓީކެޓު އެރުވުމުން، އެމަނިކުފާނު އެކަން ބަލައިގަތް ވާހަކަ ރާއްޖޭގެ ނޫސްތަކުގެ ފަލަ ސުރުހީއަށް އެރުމުން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ކޯފާވެއްޖެއެވެ.

Ads by Asuru

އިކްރާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހުރިހާ ނޫސްތަކެއްގައިވެސް އޮތީ، ރައީސް ޔާމީނަށް އިދިކޮޅުގެ ރިޔާސީ ޓިކެޓު ދޭން ނިންމި ހަބަރު ކަމަށެވެ.

އޭނާ ވަނީ މިއީވެސް ހަބަރެއްތޯ ސުވާލު ކުރައްވާފައެވެ.

”އަވަސް އަރައިގަނެގެން ބަޔަކު ވާހަކަތަކެއް ދައްކާ އުޅޭ ކަހަލަ.“

ޕީޕީއެމް އިން އިއްޔެ ބުނީ، އެ ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ޖޮއިންޓް ކައުންސިލުން ނިންމާ، ރައީސް ޔާމީން އެކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ރައީސް ޔާމީން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.