ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ހުޅުމީދޫއަށް ވަޑައިގެންފިއެވެ.

Ads by Asuru

ރައީސް ހުޅުމީދޫއަށް ވަޑައިގަތުމުން އެރަށުންވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީީސް ހުޅުމީދޫއަށް ވަޑައިގެން އެދެރަށުގެ ރައްޔިތުންނާ ސ.އަތޮޅު މަދަރުސާގައި ބައްދަލުކުރައްވާނެއެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒުއަށް މަރުހަބާ ކިޔުމަށް ހުޅުމީދޫ ތައްޔާރުވެފައި

މިބައްދަލުކުރެއްވުމުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ގުޅުވައިދޭ ބްރިޖް މަޝްރޫޢުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސަރވޭ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

ރައީސްގެ މިދަތުރުފުޅުގައި އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީއާއި، ހުވަދުއަތޮޅު އުތުރުބުރިއާއި ހުވަދު އަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.