ރ. ފައިނުން ފައިލޭރިއާގެ ކޭސްތަކެއް ފެނިއްޖެއެވެ.

Ads by Asuru

އެ ރަށު ކައުންސިލުން މިއަދު ނެރުނު ނޯޓިސް އެއްގައި ބުނީ އެ ރަށުގައި އުޅޭ ބިދޭސީން ފައިލޭރިއާއަށް ސްކްރީން ކުރިއިރު، އެ ބައްޔަށް ޕޮސިޓިވް ވެފައިވާ ތިން މީހަކު ފެނިފައިވާ ކަމަށެވެ.

 މިކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެ ރަށު ކައުންސިލާއި ސިއްޚީ މަރުކަޒުން ގުޅިގެން އަންނަނީ އަޅަމުންނެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން ފައިލޭރިއާގެ 25 ކޭސް ހދ. ކުޅުދުއްފުށިންވެސް ވަނީ ފެނިފައެވެ. އޭގެ ފަހުން ހުޅުމާލެއިން ވެސް ބިދޭސީންތަކެއް ވަނީ މި ބައްޔަށް ޕޮސިޓިވް ވެފައެވެ. އަދި މި ބައްޔަށް ޓެސްޓް ކުރުމުގެ ބޮޑު ހަރަކާތެއް މިހާރު ވަނީ ފަށައިފައެވެ.

ފައިލޭރިއާ ނުވަތަ ދިވެހިން ކިޔާނަމަ ފައިފަލަ ބައްޔަކީ މީގެ ކުރިން ރާއްޖެއިން ނައްތައިލެވިފައިވާ ބައްޔެކެވެ.

މި ބަލި ފަތުރާ ކިއުލެކްސް މަދިރި އަކީ ޑެންގޫއާއި ޗިކުންގުންޔާ ފަތުރާ މަދިރިއަށް ވުރެ ތަފާތު މަދިރިއެކެވެ.