ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ ލޯކަލް މާރުކޭޓް ހިންގުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލައިފިއެވެ.

Ads by Asuru

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ރޭ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުރިން ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާކަމަށެވެ. މި ގޮޅިތަކަކީ ދެ މަސް ދުވަހުގެ މުއްދަތަށް އެއްވެސް ކުއްޔަކާއި ނުލާ ދޫކުރާ ގޮޅިތަކެކެވެ.

އެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ ނުވަ ވަނަ ދުވަހުގެ 9:00 އާއި 11:00 އާއި ދެމެދަށް މިހާރު ހުޅުވާލެވިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

އެ ކުންފުނިން ބުނީ ގޮޅިއަށް އެދޭ ފަރާތްތަކުގެ ގުރުއަތު ނެގުން ވެސް އޮންނާނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ 11:00 ގައި ހުޅުމާލެ ގާޒީ ސްކޫލް ހޯލްގައި ކަމަށެވެ.