ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލައިފިއެވެ.

Ads by Asuru

އިސްލާމިކް މިނިސްޓްރީން މިއަދު އާއްމު ކުރި އިއުލާނެއްގައި ބުނީ ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހުޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

ޕްރޮޕޯސަލް ހުށަހެޅޭނީ އެ މިނިސްޓްރީން 9 ފެބުރުވަރީ 2022 ވީ ބުދަ ދުވަހު ގެޒެޓް ކޮށްފައިވާ “ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު“ ގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް ކަމަށާއި،

ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 9 އޯގަސްޓް 2022 އިން ފެށިގެން 16 އޯގަސްޓް 2022 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 13:30 އަށް ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯސަލް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.