މި ފެށޭ ރޯދަ މަހު ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭ ހަނޑުލާއި ފުށް އަންނަ ހޮނިހިރު ދުވަހު ބަހަން ފަށަން ނިންމައިފިއެވެ.

Ads by Asuru

ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑޫ އަދި 10 ކިލޯގެ ފުށް ބަސްތާއެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ބަހާ ހަނޑުލާއި ފުށް ހިފައިން މިދިޔަ އަންގާރަ ދުވަހު ބޯޓު ރާއްޖެ އައިސްފައިވާއިރު، އެ ތަކެތި ރަށްތަކަށްވެސް ފޮނުވަން ވަނީ ފަށާފައެވެ.

ސަރުކާރުން ބެހުމަށް ނިންމާފައިވާ ހަނޑުލާއި ފުށް ދޫކުރަން ނިންމާފައިވަނީ އައިޑީ ކާޑު ހިފައިގެން ދިއުމުންނެވެ. މިއީ މިގޮތަށް ސަރުކާރުން ރޯދަ ހަދިޔާ ދޭ ފުރަތަމަ ފަހަރެވެ.