ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕޭން ކުރާއިރު އާންމުންނަށް އުނދަގޫ ނުވާނެ ގޮތަށް ކެމްޕޭން ކުރުމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން އިލްތިމާސްކޮށްފިއެވެ.

Ads by Asuru

އޭނާ ވިދާޅުވީ ކެމްޕެއިނަށް ބޭނުންކުރާ ތަކެތި ޢާންމު ތަންތާނގައި ބެހެއްޓުމުގެ ހުއްދަ އަށް ކެންޑިޑޭޓުން އެދިވަޑައިގަތުމުން، ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކުން، އިންސާފުވެރިކަމާއި، ހަމަހަމަކަމާއެކު ކެންޑިޑޭޓުންނަށް ދެއްވަންޖެހޭ ހުއްދަ ދެއްވުމަކީ ގާނޫނުން ލާޒިމް ކުރާ ކަމެއް ކަމަށެވެ.

”އަދިހަމަ އެހެންމެ، ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަން އަތުވެދާނޭ އެއްވެސް ކަމެއް ނުހިނގާކަން މުއައްސަސާތަކުން ކަށަވަރު ކުރެއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން އެދޭ.“ ހަބީބު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ، އަންނަ އޭޕްރީލްމަހުގެ 21 ވަނަ ދުވަހުއެވެ.