ކެންސަރު ބައްޔަށް މަގުފަހި ކުރުވާ ކެމިކަލްގެ މާއްދާއެއް އިންޑިއާގެ ހަވާދު ބްރޭންޑްތަކުން ފެނުމާ ގުޅިގެން ރާއްޖޭގައި އެ ބްރޭންޑްތައް ބޭނުން ކުރުން މަނާކޮށްފިއެވެ.

Ads by Asuru

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ބޭނުން ކުރުމާއި ވިއްކުމާއި އެތެރެކުރިން މަނާކުރި ދެ ބްރޭންޑްތަކަކީ ”އެވަރެސްޓް“ އާއި ”އެމްޑީއެޗް“ ގެ ހަވާދު ކަމަށެވެ.

މި ދެ ބްރޭންޑްގެ ހަވާދުގެ ބައެއް ބާވަތްތަކުގައި އެތިލިން އޮކްސައިޑް ހުރި ކަމަށް ސިންގަޕޫރްގެ ފުޑް އެޖެންސީ އާއި ހޮންކޮންގުގެ ސެންޓަ ފޮ ފުޓް ސޭފްޓީން ވެސް ބުނެފައިވާތީ ރާއްޖޭގެ ބާޒާރުން ވެސް އެ ބްރޭންޑްތައް ނެގުމަށް އެފްޑީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެތަނުން ބުނީ އެތިލިން އޮކްސައިޑަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓްކުރަން ބޭނުން ކުރާ ކެމިކަލެއް ކަމަށެވެ.

އެހެންވެ ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރަކަށްޓަކައި އެ ކެމިކަލް ކާބޯތަކެތީގެ އުފެއްދުންތަކުގައި ބޭނުން ކުރުމަކި އެދެވިގެންވާ ކަމެއް ނޫން ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.