ދެކުނު ޗައިނާގައި ހައިވޭއެއް ވެއްޓި، 24 މީހުން މަރުވެއްޖެއެވެ.

Ads by Asuru

ގުއަންގްޑޮން ޕްރޮވިންސްގެ މި ހައިވޭ ވެއްޓުނީ ރޭ ދަންވަރު، 2:10 ހާއިރުއެވެ. މި ހާދިސާގައި އަނިޔާވި 30 މީހަކަށް ސިއްހީ ހިދުމަތް ދޭ ތަންތަނުގައި އަންނަނީ ފަރުވާ ވެސް ދެމުންނެވެ.

ހައިވޭ ވެއްޓެން ދިމާވި ސަބަބެއް ސާފު ނުވާއިރު، ފާއިތުވި ހަފްތާތަކުގައި ގުއަންޑޮން ޕްރޮވިންސަށް ވަރަށް ބޯކޮށް ވާރޭ ވެހި، ފެން ބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ.

އަދި ތޫފާނެއް ވެސް އަރާފައިވެއެވެ.

މޭޖޯ ސިޓީގެ މޭޖޯ-ޑަބޫ އެކްސްޕްރެސްވޭގެ ބައެއް ވެއްޓުނު ހާދިސާގެ ފުޓޭޖުތައް މީީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެ ހައިވޭ އިން ވެއްޓުނު އުޅަނދުތަކުން ދުން އަރާ މަންޒަރު ވެސް ވީޑިއޯތަކުން ފެނެއެވެ.