ރާއްޖޭގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަނެއްކާ ވެސް ވެއްޓިއްޖެއެވެ.

Ads by Asuru
ޑޮލަރުގެ ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކުން ބުނީ، ޑޮލަރުގެ އަގު މިވަގުތު ހުރީ 17.30 އާއި 17.60 އާއި ދެމެދުގައި ކަމަށެވެ.
މިއަހަރު ކުރީކޮޅު، ޑޮލަރުގެ އަގު ހުރީ 17.70 އާއި 18.00 އާއި ދެމެދުގެ އަގުތަކެއްގައި ކަމަށް އެމީހުން ވަނީ ބުނެފައެވެ.
މިއީ ކުރިއާ އަޅާބަލާއިރު، 20-40 ލާރީ ކުޑަ އަދަދެއްކަން ފާހަގަކޮށްލެވެއެވެ.

ޑޮލަރުގެ އަގު ދަށަށް ގޮސްފައިވަނީ ބާޒާރުގައި ދައުރުވާ ޑޮލަރުގެ އަދަދު އިތުރުވެފައިވާތީއެވެ.

ސަރުކާރުން އެޅި އިގްތިސާދީ ފިޔަވަޅުތަކާއެކު ޑޮލަރުގެ އަގު މައްޗަށް ނުގޮސް، ހިފެހެއްޓިފައިވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ދިވެހި ފައިސާގެ އަގުވެސް އުފުލެމުން އަންނަކަމަށާއި، އިންވެސްޓަރުންގެ އިތުބާރުވެސް ބޮޑުވެ، ދައުލަތުގެ އާމްދަނީވެސް އިތުރުވަމުން އަންނަކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.