އޭޕްރީލް މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދޭން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

Ads by Asuru

އެ ކުންފުނިން ބުނީ، އެ ބިލު މިހާރު ދައްކާފައިވާ ފަރާތްތަކަށް އަންނަ މަހު ޑިސްކައުންޓް ދޭނެ ކަމަށެވެ.

ފެނަކައިން ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނެހެން ރަމަޟާން މަހުގެ ކަރަންޓް ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުސޫލުގެ ދަށުން ރަމަޟާން މަހުގެ ބައެއް ދުވަސްތައް ހިމެނޭ، އެންމެ ފަހުން ތައްޔާރު ކޮށްފައިވާ އޭޕްރިލް މަހުގެ ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާ، އާ ބިލުތައް ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

މިއަދު ޑިސްކައުންޓް ބިލުތައް ފޮނުވާއިރު، އެބިލުތަކުގެ ޑިސްކައުންޓް ހިމެނުމުގެ ކުރިން ބިލް ދައްކާފައިވާ ފަރާތްތަކަށް އަންނަ މަހު ތައްޔާރު ކުރެވޭ ބިލުން ޑިސްކައުންޓަށްވާ އަދަދު އުނިކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

ރަމަޟާން މަހުގެ ފެން ބިލާއި ކަރަންޓް ބިލުތަކުން ރައީސް އެދިވަޑައިގެންނެވި ގޮތަށް ލުއި ދެވިފައި ނުވާތީ، އެކަން ހައްލު ކުރުމަށް ރައީީސް ކުރިން އެންގެވިއެވެ.