ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފަށައިފިއެވެ.

Ads by Asuru

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގަށް އިބްރާހީމް ރަޝީދު، ހއ.ބާރަށް، ބްލޫ ނައިޓު، ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ. އޭނާގެ އުމުރަކީ 36އެވެ.

ފުލުހުން ބަލަމުންދާ މައްސަލައިގައި ސުވާލު ކުރުމަށް އޭނާ ހާޒިރު ކުރަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށެވެ.

ފުލުހަށް ހާޒިރުވާން އޭނާއަށް އެންގީ 2024 މެއި 20 ވަނަ ދުވަހުގެ 10:00 އަށެވެ.