ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވާ ހިޔާ ފްލެޓުތައް މެއިންޓެއިން ކުރުމަށް ހަތަރު ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.

Ads by Asuru

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި  ވާހަކަ ދައްކަވަމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ‏)ގެ ޖެނެރަލް މެނޭޖަރު އިސްމާއީލް އަގްލީމް ވިދާޅުވީ، ހިޔާ ފްލެޓް ސަރަހައްދުގެ 54 ލިފްޓް މީގެ ކުރިން މެއިންޓެއިން ކުރީ ދެ ކުންފުންޏަކުން ކަމަށެވެ.

އަދި މިހާރު ހަތަރު ކުންފުންޏަކާ ހަވާލު ކުރީ، މެއިންޓެއިން ކުރުމުގެ މަސައްކަތް އެފީޝަންޓް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، މަސައްކަތް ހަވާލުކުރި ކުންފުނިތަކުގެ ތަފްސީލު އޭނާ ނުދެއްވައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.