ބަނޑޭރި ކޮށީގެ އެޕާޓްމެންޓެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓުމޯޓަމް ހަދަން ނިންމާފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.

Ads by Asuru

ފުލުހުން ބުނީ އެމީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެމީހާގެ ހަށިގަނޑު ފެނިފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބަނޑޭރިކޮށީގެ އެޕާޓްމެންޓެއް ބަލައި ފާސްކުރުމުން ކަމަށެވެ.

ނިޔާވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މީހާގެ ހަށިގަނޑު ފެނުނުއިރު ވަނީ ކުނިވެފައެވެ.

 

އަދި އޭނާ ފެނުނު އެޕާޓްމެންޓަކީ އެއްވެސް ބަޔަކު ދިރިނޫޅޭ، ހުސްކޮށްފައިވާ އެޕާޓްމެންޓެއް ކަން ޔަގީން ވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.