ގދ.އަތޮޅުގެ ރިސޯޓެއް ކަމުގައިވާ، ރެފްލްސް މޯލްޑިވްސް މެރަދޫ އިން ގެއްލިގެން ހޯދަމުންދާ މީހާ ދަތުރުކުރި ކަޔަކުގެ ފޮޓޯ ފުލުހުން އާއްމު ކޮށްފިއެވެ.

Ads by Asuru

އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށް ފުލުހުން އިއްޔެ ބުނީ، އޭނާ އަކީ ރިސޯޓު ދޯނީގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެއް ކަމަށެވެ.

އެ މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މެންދުރު ފަހު 3:30ގައެވެ.

”ގެއްލިގެން ހޯދަމުންދާ މީހާ އަދި މި ކަޔަކް ބޯޓު ފެނިއްޖެނަމަ 3322111 އަށް ނުވަތަ ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 6842557 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުން އެދެން.“ ގެއްލުނު ކަޔަކުގެ ފޮޓޯ އާއްމުކޮށް، ފުލުހުން ބުންޏެވެ. 

ކަޔަކެއްގައި ދިޔަ ބިދޭސީއަކު ހޯދަމުން އަންނައިރު، ދެ ދުވަސް ކުުރިން ހަތަރު މީހުންނާއެކު ދަތުރު ކުރި ދޯންޏެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއް ކަމުގައި ވުމާއިއެކު، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދީގެން ދަތުރު ކުރުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.