ދިވެހިރާއްޖޭގެ ފަހުރުވެރި 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އެމްއެންޑީއެފްގެ ”މަގުމަތީ ހިނގާލުން“ ޖުލައި 26 ވަނަ ދުވަހުގެ ހަވީރު މާލޭގައި ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ.މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވާ މަގުމަތީގެ ހިނގާލުން ފަށާނީ، ޖުލައި 26 ވަނަ ދުވަހުގެ ހަވީރު 16:15 ގައި ބަންޑާރަކޮށީންނެވެ.
މި ހިނގާލުމުގައި ޖުމްލަ ފަސް ތަނެއްގައި ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެއެވެ.
ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.