މާލޭގެ މަގުމަތިން ހިނގާފައި ދިޔަ ބަގްލަދޭޝް އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރިގެން މައްސަލައަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

Ads by Asuru

އަންހެން މީހާގެ ކަރުގައި އޮތް ފަށް ފޭރިގަންނަ މަންޒަރު ފެންނަ ވީޑިއޯ މީސްމީޑިއާގައި ދައުރުވެސް ވިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވީ، ފޭރިގެންފައިވާ ރަން ފަށް، އަތުލެވިފައިވަނީ ރަންހަދާ ތަނަކަށް ވިއްކާލާފައިވަނިކޮށް ކަމަށެވެ.

މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށް ކަމަށްވެސް ވިދާޅުވި އެވެ. ފަށް ފޭރިގަންނަ މަންޒަރު ފެންނަ ވީޑިއޯތަކުން ފެންނަގޮތުން އެ ފަށް ފޭރިގަންނަނީ ސައިކަލެއްގައި ދިޔަ ދެ ފިރިހެނެކެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހިމެނޭ އެކަކު ހައްޔަރު ކުރެވިފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި، ހައްޔަރު ކޮށްފައިވަނީ ސައިކަލު ދުއްވަން އިން މީހާއެވެ.