ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކަށް މާފުށީ ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އައްޔަންކުރުމަށް މިއަދު ފާސްކޮށްފިއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަމަށް ހުޅުވާލުމުން ރިޒާގެ ނަން ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކްއެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއުއެވެ.

ޖޭއެސްސީގައި އިންނަވާ މަޖިލީސް މެމްބަރަކަށް ރިޒާ އައްޔަން ކުރުމަށް ވޯޓަށް އެހުމުން އޭނަގެ ނަން ފާސްވީ 83 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޖޭއެސްސީގައި މަޖިލީހުގެ ރައީސްގެ އިތުރުން، މަޖިލީހުން ކަނޑައަޅާ އާންމު މީހަކާއި އެޓާނީ ޖެނެރަލާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރަކާއި ސުޕްރީމް ކޯޓާއި ހައިކޯޓުން ކަނޑައަޅާ މެންބަރެއް ވެސް އިންނަވާނެއެވެ.