ރ.އުނގޫފާރު ސްކޫލުގެ މަލްޓިޕާޕަސް ހޯލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

Ads by Asuru

މި މަސައްކަތް ހަވާލުކުރީ 130 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، 4,942,276.38 ރުފިޔާއަށް، ރައިޒާ ޕްރައިވެޓް ލިމިޓެޑާއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި ކޮންޓްރެކްޓްގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދުއެވެ.

އަދި ރައިޒާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކައުންޓެންޓް އަލީ ޝަހީދުއެވެ.