އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް ދަޢުވަތު އަރުވައިފިއެވެ.

Ads by Asuru

ވިދިވިދިގެން ތިން ވަނަ ދައުރަކަށް އިންތިޚާބުވި މޯދީ ހުވާ ކުރެއްވުން އޮންނާނީ މި މަހުގެ 08 ވަނަ ދުވަހުގެ ރޭ 8:00ގައެވެ.

މި ރަސްމިއްޔާތަށް ސްރީލަންކާ، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، އަދި މޮރިޝަސްގެ ވެރިންނަށް އިންޑިއާ އިން ވަނީ ދައުވަތު ދީފައެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އާއި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ ރަސްމީކޮށް ދަޢުވަތު ޤަބޫލު ކުރައްވާފައެވެ.

ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހަލް އަދި ބޫޓާންގެ ރަސްގެފާން ޖިގްމޭ ކޭސަރް ނަމްގިޔެލް ވެސް މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.