ސަރުކާރާއި ކުންފުނިތަކުން ކައުންސިލުތަކާއި މުއާމަލާތްކުރާނެ ފޯކަލް ޕޮއިންޓް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯރކްސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ މިއީ ކައުންސިލްތަކަށް ބޭނުންވާ މައުލޫމާތު ފަސޭހައިން އަވަހަށް ލިބޭނެ ގޮތަކަށް އަދި ގުޅުންތައް ހަރުދަނާ ކުރުމަށް ގާއިމްކުރެވޭ ނިޒާމެއް ކަމަށެވެ.
މިކަމުން ސަރުކާރާއި ކައުންސިލްތަކާއި ރައްޔިތުންނާއި ގުޅުން އިތުރަށް ބަދަހިވެ، ސަރުކާރާއި ކައުންސިލްތަކުގެ ދުވެލު ހަލުވި ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަލަށް އުފެއްދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯރކްސް އިން ދަނީ ކައުންސިލްތައް ބާރުވެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
