ޓީއެމްއޭގެ ސީޕްލޭންއެއް ބ.އަތޮޅުގެ ރިސޯޓަކަށް ޖައްސަން އުޅެނިކޮށް އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގިކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އެކްސިޑެންޓުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ، ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް ކައިރިއަށް ޓީއެމްއޭގެ ސީޕްލޭން ޖައްސަން އުޅެނިކޮށް އޭގެ ކަނދު ނެއްޓިގެންނެވެ. މި ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
