މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން އަނެއްކާ ވެސް އިތުރު މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.

Ads by Asuru

ފުލުހުން ހޯދަން އިއުލާން ކުރީ ގދ. ގައްދޫ، ސީކޯ، އަލީ އިބްރާހީމް، 22،އެވެ.

ފުލުހުން ބުނީ އޭނާ ހޯދަނީ ހއ. ކެލާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.

އަދި މި މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މާލޭގެ ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް އަލީ ހާޒިރުވާން އަންގާފައިވެއެވެ.

ފުލުހުން މި ފަހުން އެންމެ ގިނައިން މީހުން ހޯދަން އިއުލާން ކުރަނީ މަކަރާއި ހީލަތުގެ މައްސަލަތަކާ ގުޅިގެންނެވެ.