އިއްޔެ ކުރިއަށް ދިޔަ ތިން ރަށެއްގެ ބައި އިލެކްޝަނެއްގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ)ން އިއުލާންކޮށްފިއެވެ.
މިގޮތުން ދ. ކުޑަހުވަދޫ ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް ޖާދު ހަމީދެވެ. އޭނާ އަށް 826 ވޯޓު ލިބިވަަޑައިގެންނެވިއެވެ. އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގެންނެވީ 624 ވޯޓެވެ.
ލ.ގަމު ކައުންސިލްގެ ގޮނޑި ނެގީ އެމްޑީޕީއެވެ. ޕީއެންސީ ކެންޑިޑޭޓް އަލީ ރަޝީދާއި ވާދަކޮށް އެމްޑީޕީ ކެންޑިޑޭޓް އަފްސަލް ޖައުފަރު ގޮނޑި ހޯއްދެވީ 894 ވޯޓުންނެވެ. އަލީ ރަޝީދަށް 644 ވޯޓު ލިބިވަޑައިގަތެވެ.
މުލަކު ކައުންސިލްގެ އަންހެން ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި ރީމާ ހުސައިނެވެ.
އޭނާ އާ ވާދަ ކުރެއްވި، ޕީއެންސީގެ މިޒްނާ ތައުފީޤް އަަށް 282 ވޯޓު ލިބިވަޑައިގެންނެވިއިރު، ރީމާއަށް ލިބިވަޑައިގެންނެވީ 336 ވޯޓެވެ.
