މާދަމާއިން ފެށިގެން ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ.

Ads by Asuru

މެޓް އޮފީހުން ލަފާކޮށްފައިވާގޮތުގައި މާދަމާ ރާއްޖޭގެ ދެކުނު އަދި މެދުރާއްޖެތެރޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެއެވެ.

އަދި ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

މެޓް އޮފީހުން މިދިޔަ އާދީއްތަ ދުވަހު ބުނެފައިވަނީ، އަންގާރަ ދުވަހު ރާއްޖޭގެ ރަށްތަކަށް ކެރީގެ އަސަރުކުރާނެ ކަމަށާއި ބުދަ ދުވަހާއި ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު އުތުރާއި މެދުރާއްޖެތެރޭގައި އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނު އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށްވެސް ލަފާކޮށްފައިވެއެވެ.

މީގެއިތުރުން ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.