އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ރަށްރަށާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

Ads by Asuru

މި ހަރަކާތްތައް ރޭވުމުގައި އަމާޒަކަށްވީ އީދުގެ އުފަލުގައި ގިނަ ބަޔަކަށް ބައިވެރިވެވޭނެ ގޮތުގައި ހަރަކާތްތައް ރޭވުން ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ހިންގި ހަރަކާތްތަކަށް ބަލާއިރު އުރީދޫ ޓީމުން ވަނީ އީދު ދުވަހު ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންނަށް ހަދިޔާ ބަހާފައެވެ.

އަދި އުރީދޫއާއި ނޭޝަނަލް ސެންޓާ ފޯ ދަ އާޓްސް ގުޅިގެން މާލޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި މާލި، ލަންގިރި، ބޮޑުބެރު، ސްޓޭޖް ޝޯ، ބޮޑުމަސް އަދި އާޓިސްޓުންގެ ޝޯކޭސް ޕެއިންޓިން ޝޯކޭސް ހިމެނެއެވެ.

ނ. ލަންދޫ އީދު ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި ކުލަގަދަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައި ވާއިރު މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުން ފެށިގެން ލަނގިރި އާއި މާލި ފަދަ ތަފާތު ސަގާފީ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެއިތުރުން ކެންދޫގައި ކުޑަކުދިންގެ އިވެންޓަށް ހާއްސަ ބަބްލް ޝޯއަކާއި ފަން ގޭމްތަކެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ. އަދި ސަގާފީ ޑާންސްތަކާއި އީދުގެ އާދަޔާ ހިލާފު ހަރަކާތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޅ. ނައިފަރުގައި އީދަށް ގިނަ ހަރަކާތްތަކެއް ފެނިގެން ދިޔައިރު، މާލި ޕެރޭޑުން ފެށިގެން ބޮޑުބެރުގެ އިތުރުން ސްޓޭޖް ޝޯއާ ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ހަމައެއާއެކު ރިލޭ ރޭހާއި ބަށި ފަދަ ކުޅިވަރުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިޔައެވެ.