ޢީދު މިސްކިތުން މި މަހު އެކަނިވެސް 10 ފަންކާ ވަގަށް ގެންގޮސްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މިއަދު މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޢީދު މިސްކިތުން މި މަހު އެކަނިވެސް ވަނީ 10 ފަންކާ ވަގަށް ގެންގޮސްފައިކަމަށެވެ.
އަދި މިސްކިތުގެ ކެމެރާ ފުޓޭޖްތައް ނަގާ ފުލުހަށް މައްސަލަ ހުށައެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެ ކައުންސިލުން ބުންޏެވެ.
މިސްކިތްތަކުން ފަންކާ ނަގާ މައްސަލައަކީ ދޭތެރެ ދޭތެރެއިން ފެންމަތިވަމުން އަންނައިރު، މި މައްސަލައިގައި މިދިޔަ އެޕްރީލް މަހު މީހަކު ހައްޔަރުކޮށްފައިވެސް ވެއެވެ.
