ހދ. ނޮޅިވަރަމް ބަނދަރުން ސައިކަލާއެކު މޫދަށް ވެއްޓުނު މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުންގެ ބުނީ ނޮޅިވަރަމް ބަނދަރުން މީހަކު ސައިކަލާއެކު މޫދަށް ވެއްޓިގެން ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށް ރޭ 9:15 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް އެ މީހާ ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
