ވަގަށް ޖަލަށް ވައްދާ ތަކެތި ދެނެގަތުމަށް ހާއްސަ މެޓަލް ޑިޓެކްޓަރު، މާފުށީ ޖަލުގައި ހަރުކޮށްފިއެވެ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މާފުށީ ޖަލުގައި ދެ މެޓަލް ޑިޓެކްޓަރު ހަރުކުރީ މިދިޔަ ހަފުތާގެ ތެރޭގައި ކަމަށެވެ.
އަދި އަންނަ މަހުގެ ތެރޭގައި ބޮޑީ ސްކޭނިން މެޝިނެއް ވެސް ބެހެއްޓުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
އެންމެ ގިނައިން ސްކޭމް ކޯލުތައް ކުރަނީ ޖަލުންކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ، މިފަދަ ކަންކަން ހިނގުން ހުއްޓުވަން ބޭނުންވާ ވަސީލަތްތައް ގާއިމު ކުރާނެ ކަމަށް ވިދާޅުވެފައެވެ.
