ރ.މީދޫގެ މިސްކިތެއްގެ ތެރޭގައި އަންހެނަކު ޓިކްޓޮކް ކުޅުނު މައްސަލައެއް،  ފުލުހުންގެ ހިދުމަތުން ބަލަން ފަށައިފިއެވެ.

Ads by Asuru
ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރ.މީދޫގައި އީދު ޝޯ ދޭން ގޮސް ތިބި ގުރޫޕެއްގެ އަންހެން މެންބަރަކު އެ ރަށު މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުން މިސްކިތުގައި ޓިކްޓޮކް ކުޅުނީ “ދަންދާނަ“ ނަމަކަށް ކިޔާ ގުރޫޕެއްގެ އަންހެން މެންބަރެކެވެ.
މިކަމާ ގުޅޭ ވީޑިއޯ އިއްޔެ މީސްމީޑިއާގައި ދައުރުވިއެވެ. ނަމަވެސް ފަހުން އެ ވީޑިއޯ ވަނީ ޑިލީޓު ކޮށްލައިފައެވެ.