ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް އިސްކޮށް ހުންނަވައި، ހިންގެވި ސަދަގާތު ފައުންޑޭޝަން މިހާރު ކޮބައިތޯ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ލ.ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ސުވާލު ކުރައްވައިފިއެވެ.

Ads by Asuru

ހައުސް އޮފް ޕީއެންސީ ހުޅުވުމަށް، ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، ފައުންޑޭޝަނާއި ޖަމުއިއްޔާ ޖަމާއަތްތައް ހަދައިގެން ބައެއް ވެރިކަންތަކުގައި ކަން ކުރި ގޮތް ފެނިވަޑައިގެންނެވި ކަމުގައެވެ.

”ހައްޖު ކޯޓާގެ ވާހަކަ އިހަށް ދުވަހު މަޖިލީހުގައި ދައްކައިފި. ދިވެހި ސަރުކާރަށް ލިބޭ ހައްޖު ކޯޓާއިން 150، 200 ކޯޓާ، ނަގައިގެން ކުރި ަކަންތައް ކީއްވެގެންތޯ މިއަދު ނުކުރަނީ؟ ކޮބައިތޯ މިއަދު ސަދަގާތު ފައުންޑޭޝަން؟ ކޮންތާކުތޯވީ؟ ކީއްވެގެންތޯ ހިތާނީ މޫސުން ނުގެންނަނީ؟“ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އެއްސެވިއެވެ.

މެޑަމް ފާތުން އިސް ދައުރެއް އަދާ ކުރެއްވި ސަދަގާތު ފައުންޑޭޝަނުން ވަނީ ހިތާނީ މައިޒާން އާއި، އެކަނިވެރި މައިންގެ ދަރިންނަށް ދަބަސް ބެހުމާއި، ކަދުރު ބެހުން ފަދަ ކަންކަން ކުރިއަށް ގެންގޮސްފައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި، އޭރު ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ، އެފައުންޑޭޝަނުގެ ހަރަކާތްތަކަށް ދައުލަތުގެ ފައިސާ ބޭނުން ކުރާ ކަމަށް ތުހުމަތުކޮށްފައެވެ.