ވެރިކަން ކުރެއްވިއިރު، ބައި ލާރިއެއްގައި ވެސް ޖެހިފައިނުވާނެ ކަމަށް ކުރީގެ ރައީީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެ ވީވީން ގެނެސްދޭ ފަށާއިރު ޕްރޮގްރާމަށް ދެއްވި ބަސްދީގަތުމެއްގައެވެ. ސޯލިހު ވިދާޅުވީ، ބައި ސެންޓެއްގައި ވެސް ޖެހިފައި ނުވާނެ ކަމަށާއި، ވެރިކަމުގައި އިސް ފަޑީގައި ތިއްބެވި އެއްވެސް ފަރާތަކުން ވެސް އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
”ބައްލަވަންވީ، ބައްލަވާފަ، ކަމެއް އޮވެއްޖެއްޔާ، ކުރިއަށް ގެންދަވަންވީ، އަޅުގަނޑަށް ޔަގީން އަޅުގަނޑުގެ، އަދި އަޅުގަނޑުގެ ސަރުކާރުގެ އެ ތިއްބެވި ބޭފުޅުންގެ އެކަހަލަ ކަމެއް ނުފެންނާނެ، ކޮށްފައެއް ނޯންނާނެ އަޅުގަނޑުމެންނެއް.“ ސޯލިހު ވިދާޅުވިއެވެ.
ސޯލިހު މިހެން ވިދާޅުވީއިރު، ކުރީ ސަރުކާރުގައި ހިޔާނާތުގެ އެކި މައްސަލަތައް ފެންމަތިވިއެވެ. އޭގެތެރެއިން ވެސް، އެންމެ އަޑުގަދަ ވެގެން ދިޔައީ، ވެންޓިލޭޓަރުގެ ހިޔާނާތާއި، ފެނަކައިގެ ކޮރަޕްޝަންގެ ވާހަކައެވެ.
ފެނަކައިގެ މިހާރުގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ކުރިން ވިދާޅުވީ ފެނަކައިން ހިންގި ކޮރަޕްޝަނުގެ ވާހަކަ ދައްކާއިރު ކުރީ ސަރުކާރުން ފެނަކަ ބޭނުންކޮށްގެން ހަމައެކަނި ދަތުުރުފަތުރަށް ވެސް 2023 ވަނަ އަހަރު 117 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.
އަދި ކޮންމެ އަހަރަކު ހަމައެކަނި ދަތުރުފަތުރަށް އެވްރެޖުކޮށް 100 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މުއާޒު ވިދާޅުވިއެވެ.
ކުރީ ސަރުކާރު ނިމިގެންދިޔައިރު، ފެނަކަ ވަނީ ހަތަރު ބިލިއަން ރުފިޔާ އިން ދަރުވައިލައިފައެވެ.

ވަރައ ރަނގަޅުވާހަކައެއް. ބައެއް ނުކުރޭ.އެއްކޮއް ކެއީ
ގައުމު ދަރުވަންވެގެ މާލޭ އެންމެނަށް ގޯތިދިން. އަތޮޅު ތެރެ ތަރައްގީކޮށްފާނެތީވެ. ނިކަމެއްޗަކަށް ބޯހިޔާވަހިކަން ލިބިދާނެތީ މާލޭ މުއްސަނދިންނަށް ފްލެޓުތައް ދިން. އާދައިގެ އިދާރީ މުވައްޒަފކަށް މުސާރަބޮޑުކުރަން ލާރިއެއް ނޯންނަވަރަށް ސްކޫލުތަކާ ސިއްހީ ދާއިރާގަ މުސާރަބޮޑުކުރި. މަސްވެރިން ނިކަމެތި ކުރަން ދަރުވާލި. މުޅި ގައުމަށް ވަންނަހާ ލާރި ހައުސިންގ އަށް ހަރަދު ކުރަން މަޖުބޫރުކުރި.
ބައިލާރިއެއްގައި ނުޖެހިފައި ކޮބައިތޯ؟ ވިއްކާލި ކަނޑުގެ އަގު ބައިލާރިއަކަށްވުރެ ދަށީތޯ؟ ވެރިކަމުގެ ދަހިވެތިކަމުގައި ހުޅުމާލެއިން ހިލޭ ބަހާ ހުސްކުރި ބިންތަކުގެ އަގު ބައިލާރިއަކަށްވުރެ ދަށީތޯ؟ މަސްވެރިންގެ ވޯޓް ހޯދަންވެގެން ވޯޓަށްވުމުން މަހުގެ އަގު ނުކަތާވަރުގެ ބޮޑުއަގަކަށް އަރުވާ މިއަދު މަސްވެރިންނަށް ޖައްސާފައިވާ ޙާލު ބައިލާރިއަކަށްވުރެ ދަށީތޯ؟ މިހެން ކިޔަން ލައްކަވާހަކަ އެބަހުރި. ޤައުމަށް ބޮޑުވެގެެންވާ އަނިޔާތަކެއް ދީފައިދިޔަ ވެރިއެއް އިބޫސާލިޙަކީ. ދުވަހަކުވެސް މަޢާފެއްނުދެވޭނެ