ކޮންމެހެން ބޭނުންވާ ހާލަތެއްގައި ނޫނީ އައިޖީއެމްއެޗަށް ޒިޔާރަތް ނުކުރަން އެ ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.

Ads by Asuru

ހައްޖުގެ އަޅުކަމަށް ފަހު، ރޯގާގެ އަލާމާތްތައް ހުރެއްޖެނަމަ، ދައްކަން ޖެހޭ ހައްޖު ކްލިނިކަށް ހާޒިރުވާ މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ މީހުންގެ އަދަދު އިތުރު ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އެހެންވެ، ބަލި މީހުންނާއި މުވައްޒަފުންނާއި މުޖުތަމައުގެ ރައްކާތެރިކަން އިތުރު ކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އެގޮތުން ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައިޖީއެމްއެޗަށް ޒިޔާރަތް ނުކުރުމާއި އައިޖީއެމްއެޗަށް ޒިޔާރަތް ކުރާ ނަމަ، މާސްކް އަޅަން އިރުޝާދު ދީފައިވެއެވެ.

ހާއްސަކޮށް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ، އެކަމަށް ސަމާލުވެގެން މާސްކް އަޅައިގެން އައުމަށާއި، ހޮސްޕިޓަލްގައި އެއްވެ އުޅުމުން ދުރުހެލިވުމަށް ވެސް އައިޖީއެމްއެޗުން ވަނީ އެދިފައެވެ.

އައިޖީއެމްއެޗުގެ ފްލޫ ކްލިނިކް ހުންނާނީ އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 ގައެވެ.

އައިޖީއެމްއެޗުން މިފަދަ އިލްތިމާސްއެއް ކުރިއިރު، ހައްޖުން އައި މީހުންގެ ތެރެއިން، މެނިންގޮކޯކޮލް ބަލި ވަނީ ރާއްޖެ އެތެރެވެފައެވެ. ނަމަވެސް، ހެލްތު މިނިސްޓްރީން ބުނީ، އެ ބަލި ފެތުރެމުން ނުދާ ކަމަށެވެ.