މި ހަފުތާގައި މިފްކޯއިން މަސް ގަންނާނެ އަގުތައް ހާމަކޮށްފިއެވެ.

Ads by Asuru

މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފަސް ވަނަ ދުވަހުގެ ނިޔަލަށް މިފްކޯގެ ސެންޓަރުތަކުންނާއި ބޯޓުފަހަރުތަކުން އައިސް އަޅާފައިވާ 1.5 ކިލޯއިން މަތީގެ ކަނޑުމަހާއި ކަންނެލި ގަންނާނީ 16 ރުފިޔާއަށެވެ.

އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަންނާނީ 14 ރުފިޔާއަށް ކަމަށެވެ. މިފްކޯ އިން ބުނީ، 1.5 ކިލޯއަށްވުރެ ދަށް ކަނޑުމަހާއި ކަންނެލި 7 ރުފިޔާއަށް ގަންނަން ނިންމާފައިވާއިރު، އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަތުމަށް ހަމަޖެހިފައިވަނީ ފަސް ރުފިޔާއަށް ކަމަށެވެ.
މިފްކޯއިން މަހުގެ އަގު ދުނިޔޭގެ ބާޒާރުގައި ހުންނަ އަގަށް ބަދަލުކުރަން ނިންމާފައިވާއިރު، މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް، އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް އެ ކުންފުނިން ބުނެއެވެ.

އެހެންކަމުން މަސްވެރިންނަށް ފައިސާ ދިނުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް، މިފްކޯއިން މަސް ގަންނަ އުސޫލަށް ބައެއް ބަދަލުތައް ގެނައުމަށް އެ ކުންފުނިން ނިންމީއެވެ.