ގއ.ވިލިނގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހާ މާރާމާރި ހިންގި މީހާގެ ބަންދު މުއްދަތު ޖަހައިފިއެވެ.

Ads by Asuru

އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖަހާ މާރާމާރި ހިންގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

މި މައްސަލައިގައި 32 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައިވެއެވެ. އެނގިފައިވާ ގޮތުގައި، ހައްޔަރު ކުރީ، އެމްޑީޕީގެ މީސްމީޑިއާ އެކްޓިޓިސްޓު، އަލީ ސާޖިދެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ވަނީ 7 ދުވަހުގެ މުއްދަތެއް ދީފައެވެ.

މާރާމާރީގައި އަނިޔާވެފައިވަނީ 46 އަހަރުގެ އަންހެނަކަށެވެ. އޭނާއަށް ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.