ރައްޔިތުންގެ ސަލާމަތަށް ނުރައްކާތެރި މީހުން މުޖުތަމަޢުއަށް ދޫވެފައި ތިބެގެން ނުވާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ކުރެއްވި ޓުވީޓެއްގައެވެ.

ނާޒިމް ވިދާޅުވީ އަލީ ސޯލިހު ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތަށް ނުރައްކާތެރި މީހުންނާއި, ތަކުރާރުކޮށް ކުށްކުރާ މީހުން މުޖުތަމަޢުއަށް ދޫވެފައި ތިބެގެން ނުވާނެކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުންނަށް އަމާންކަން ކަށަވަރު ކޮށްދީ، ގާނޫނުގެ ހުކުމް ނަގަހައްޓަންޖެހޭ ކަމަށެވެ.

އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މުހައްމަދު ޖަމީލުގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.