ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އުސޫލުތަކާއި އެއްގޮތަށް ކ. ތިލަފުށިން ބިން ދޫކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

Ads by Asuru

މިކަން ހާމަކޮށް، އެ ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ ތިލަފުށިން ސިނާއީ ބޭނުމަށް ބިން ކުއްޔަށް ނެގުމަށް ގިނަ ފަރާތްތަކަކުން އެޗްޑީސީއަށް ހުށަހަޅަމުންދާކަމަށް ބުނެފައެވެ.

އެޗްޑީސީއިން ވަނީ އެ ކޯޕަރޭޝަނުން ބިމުގެ ޖާގަ ހުރި މިންވަރަށް ބަލައި، ތިލަފުށީ މާސްޓަރ ޕްލޭން އާއި އެ ކޯޕަރޭޝަންގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބިން ދޫކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ބުނެފައެވެ.

އަދި ތިލަފުށިން ބިން ނެގުމަށް ޝައުގުވެރިކަން ހުރި އަމިއްލަ ފަރާތްތަކާއި، ދިވެހި ކުންފުނިތަކުން އެޗްޑީސީގެ މެއިލް ([email protected]) އަށް ފޮނުވަމުން ގެންދިއުމަށް އެ ކޯޕަރޭޝަނުން އެދިފައިވެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް އެޗްޑީސީގެ ހޮޓްލައިން 1516 އަށް ގުޅުމަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ.