މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

Ads by Asuru

މޫސުމާ ބެހޭ ގައުމީ އިދާރާއިން މި އެލާޓް ނެރެފައި ވަނީ، ކ އަތޮޅުން ފެށިގެން އައްޑުއަތޮޅާ ހަމައަށެވެ.

މެޓްއިން އެ އަތޮޅުތަކަށް އެލާޓް ނެރިފައިވަނީ ހެނދުނު 9:00 އިން މެންދުރު ފަހު 15:00 އަށެވެ.

މި އެލާޓްގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑިގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.