ބޭނުންވާ ތަކެތި:

100 ގ އޯރިއޯ ބިސްކޯދު ( ކްރީމް ނަގާފައި )

50 ގ ބަޓަރ

500 މލ ކިރު

250 މލ ވިޕިން ކްރީމް

300 ގ ޗޮކްލެޓް

100 ގ ހަކުރު

15 ގ ޖެލެޓިން

 

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބިސްކޯދު މިކްސަރަކުން ރަނގަޅަށް ހިމުންކޮށްލާށެވެ. އެއަށްފަހު ބަޓަރުކޮޅު ދިޔާކޮށްލުމަށްފަހު ބިސްކޯދާ އެއްކޮށް ޓްރޭއެއްގައި ބިސްކޯދު ބޭސް އެއް އަޅާށެވެ. ދެން އެއަށްފަހު ކިރު، ވިޕިން ކްރީމް އަދި ޗޮކްލެޓްކޮޅު އެއްކޮށްލުމަށްފަހު ޗޮކްލެޓްކޮޅު ވިރެންދެން މަޑު ގިނީގައި ކައްކާލާށެވެ. ޗޮކްލެޓްކޮޅު އެއްކޮށް ވިރުމުން ޖެލެޓިން ކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު އުދުންމަތިން ބާލައި ޗޮކްލެޓް މިކްސަރު ބިސްކޯދު ބޭސްގެ ތެރެއަށް އަޅާށެވެ.

ހިހޫވުމުން ފްރިޖްގައި އަށް ވަރަކަށް ގަޑިއިރު ވަންދެން ބަހައްޓާލާށެވެ.