ދައުލަތުގެ މުދަލާއި މަގާމާއި ފައިސާ ނާޖައިޒު ގޮތުގައި ބޭނުން ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Asuru
މިނިސްޓަރު ޝަހީމްގެ އާއިލާގެ އެކި ބޭފުޅުންނަށް ސިޔާސީ މަގާމުތައް ދޭ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ފާޑު ކިޔަމުން އަންނަ މި ދަނޑިވަޅުގައި ފޭސްބުކް އަދި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ އޭނާގެ ދަރިއަކު، ނުވަތަ އާއިލާގެ މެމްބަރަކު ކިޔަވައިގެން ހުންނެވި ދާއިރާއަކުން ހިދުމަތް ކުރަން އެމީހަށް ލިބޭ ފުރުސަތަކީ ނާޖައިޒު ގޮތުގައި ހޯދައި ދޭނެ ފުރުސަތެއް ނޫން ކަމަށެވެ.
އަދި ދައުލަތުގެ މުދަލާއި މަގާމާއި ފައިސާ ނާޖައިޒު ގޮތުގައި ބޭނުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.