ނަމާދު ކުރާއިރު ބޭރަށް އަޑު ނީވޭ ގޮތް ހެދުމަށް ބައެއް މިސްކިތްތަކުގެ އިމާމުންނަށް އެންގި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

Ads by Asuru

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުން، އެ މިނިސްޓްރީން އެގޮތަށް އެންގީ ބައެއް މިސްކިތްތަކުގެ ކައިރީގައި ދިރިއުޅޭ މީހުންގެ ފަރާތުން ތަކުރާރުކޮށް ލިބިފައިވާ ޝަކުވާތަަކަކާ ގުޅިގެން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ނަމާދު ކުރާއިރު ބޭރަށް އަޑުއިވޭ ގޮތަށް ހުރުން އެއީ އަމަލުކުރަމުން އައި އާންމު އުސޫލު ކަމަށްވީ ނަމަވެސް އާންމުންނަށް އުދަނގޫވާ ވަރަށް އަޑު ބާރުކޮށްފައި ހުރުން ރަނގަޅު ނޫން ކަމަށެވެ.

މިކަމާ ގުޅިގެން ވަަރަށް ގިނަ މީހުން ދަނީ، ސައްތައިންސައްތަ އިސްލާމީ ގައުމެއްގައި، ވުޒާރާއަކުން މިފަދަ އެންގުމެއް އެންގީތީ، ކަންބޮޑުވުންފާޅުކޮށް އަޑު އުފުލަމުންނެވެ.

މިކަމާ ގުޅުގެން ސޯޝަލް މީޑިއާގައި ޝުއޫރުފާޅު ކުރަމުންދާ މީހުން ބުނީ ސިޔާސީ ޕާޓީތަކުގެ ޖަގަހަތަކުގައި ލަވަ ޖަހައި ފޯރި ނެގުމުން، އާއްމުންނަށް މާ އުނދަގޫވާނެ ކަމަށާއި، ނަމާދު ކުރާ އަޑު އިވުމުން އުނދަގޫ ނުވާ ކަމަށެވެ. އަދި އެކަމުން އުނދަގޫވާ ކަމަށް ބުނެ ޝަކުވާ ކުރީ، މުސްލިމެއްތޯ ނުވަތަ ކާފަރެއްތޯވެސް ސުވާލު އުފެއްދިއެވެ.

މީގެއިތުރުން، ސަލަފް ޖަމުއިއްޔާގެ މެމްބަރު އަލީ ރަމީޒު ވިދާޅުވީ ބަންގި ގޮވާ އަޑާއި، ގުރުއާން ކިޔަވާ އަޑު އިވުމަކީ ޝައިތޯނާއަށް އިންތިހާއަށް އުނދަގޫވާނެ ކަމެއް ކަަމަށެވެ.